English Edition
Dhivehi Edition

މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެމްޑީއޭ ދޫކުރައްވައި ޕީޕީއެމް އާއި ގުޅިވަޑައިގެންފި އެވެ

ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތުގައި ދެމިހުންނަވަން ނިންމަވައި ޕީޕީއެމް އާއި މުއިއްޒު ގުޅިވަޑައިގަތީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައި ވަނިކޮށެވެ. އެމްޑީއޭ ވެސް ހިމެނޭ ގޮތަށް އެކުލަވައިލި ކޯލިޝަނުން ރައީސް ޔާމީން، 2013ގެ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ހައުސިން މިނިސްޓަރަުކަމަށް މުއިއްޒު ވަޑައިގަތީ އެމްޑީއޭގެ ސްލޮޓެއްގަ އެވެ

މުއިއްޒުގެ މި ނިންމެވުމަށް ގިނަ ބަޔަކު ތައުރީފްކޮށް ވާހަކަދައްކާފައިވާއިރު، މުއިއްޒު އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގެވި ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް އެއް މިނިސްޓަރެވެ.