އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލު ކުަރައްވައިފިއެވެ
އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިއަދު ހެނދުނު އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒު، އިބޫއާ ބައްދަލު ކުރެއްވީ ނަވާޒުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. މާރިޔާ ވިދާޅުވީ އިބޫގެ އަރިހަށް ނަވާޒު ކުރެއްވި ޒިޔާރަތަކީ އިބޫއަށް މަރުހަބާ ދަންނަވުމަށާއި ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިޔުމަށް މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އިއްޔެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރައީސް އޮފީހުގައި އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ސަރުކާރު ބަދަލުވުމުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިޔުމަށް ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވާފަ އެވެ