English Edition
Dhivehi Edition
ފޮޓޯ: ލުބްނާ މަޖީދް މުހްތާރު/ އޭއޯ ނިއުސް

ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވުމަށްފަހު އިބޫ އަށް ވޯޓް ދެއްވި މީހުންނާ ނުދެއްވާ މީހުން ތަފާތު ނުކުރާނެ ކަމަށް އިބޫ ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިބޫ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވުނީ ލޮބުވެތި ރައްޔިތުން ކުރި ކުރި މަސައްކަތުންނާއި ތަފާތު ފިކުރުތައް ގުޅިގެން ރައްޔިތުންކުރުމުން ކަމަށެވެ.

މީގެ އިތުރުން އިބޫ ރޭ ދެއްވި ބަޔާނުގައި ވިދާޅުވީ މިރެއަކީ އުފާވެރި، ދިވެހިންގެ ދުއާ އިޖާބަކޮށްދެއްވި ރެއެއް ކަމަށެވެ. އިންތިޚާބުގެ ކާމިޔާބީއަކީ، އިންސާފުގެ މަގަށް ދިވެހިންނަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.”އަޅުގަނޑަށް ވޯޓު ދިން މީހުންނާ ނުދޭ މީހުންނަށް ތަފާތެއް ނުކުރާނަން. އަޅުގަނޑު ވާނީ، އެންމެންގެ ރައީސަކަށް،” އިބޫ ވިދާޅުވި އެވެ.

މި އިންތިޚާބުގެ ކާމިޔާބީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިއްސާ ބޮޑު ކަމަށާއި ރައްޔިތުންނަށްޓަކައި އެ ލީޑަރުން ކޮށްދެއްވި މަސައްކަތަށް އިބޫ ޝުކުރު އަދާކުރެއްވެވި އެވެ.

އިބޫ ވަނީ ގައުމު އެއްބައިވަންތަ ކުރުމަކީ އެންމެ ބޮޑު މަސައްކަތްކަމަށް ފާހަގަ ކުރައްވައި، ގައުމު މިއަށް ވުރެ ރަނގަޅު ހާލަތަކަށް ގެނެސްދިނުމަށް އެމަނިކުފާނަށް އެއްބާރުލުން ދިނުމަށް ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައި އެވެ.

1 ކޮމެންޓް
ރާއަލިފް
ސެޕްޓެމްބަރު 25, 2018
އިންޝާ ﷲ ވަރަށް ރަނގަޅު އެކަމް ތިވިދާޅުވި ގޮތަށް ހިނގައިދާނެ ކަމަށް ހީކުރާނަން... ނުވިނަމަ ބުނާނަން... އަޑުއަހާނަންތަ؟ ދޯ!