English Edition
Dhivehi Edition

މަރުކަޒީ ބޭންކްގެ ގަވަރުނަރ އަހުމަދު ނަސީރާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާ ބައްދައްލުކުރައްވައިފިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހް އާ ގަވަރުނަރ ބައްދަލު ކުރައްވާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ސޯލްޓްކެފޭ ހުންނަ އިމާރާތުގައެވެ.

ގަވަރުނަރު އިބޫއާ މިައަދު ބައްދަލުކުރައްވާފައިވާއިރު ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން ވެސް ދަނީ އެމަނިކުފާނާ ބައްދަލުކުރައްވަމުންނެވެ. ދާދި ފަހުން އެކްޓިންގ ޗީފް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވެސް ވަނީ އިބޫއާ ބައްދަލުކުރައްވާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރައީސް އޮފީހުގައި އިބޫއާ ބައްދަލުކުރައްވާފައެވެ.