English Edition
Dhivehi Edition
ކޯލިޝަނުން ރޭ ތިނަދޫގައި ބޭޢްވި ޖަލްސާގެ ތެރެއިން-- ފޮޓޯ ސޯޝަލްމީޑިއާ

އެސްޓީއޯއާއި ވެމްކޯވެސް އުވާ ނުލާނެކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އިބޫ މިހެނަ ވިދާޅުވީ ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެސްޓީއޯ އާއި ވެމްކޯ އުވާލާނެކަމަށް ބުނެ ސަރުކާރުން ވާހަކަ ދައްކަނިކޮށް ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވަހަކަ ދައްކަވަމުންނެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގައި އެއްވެސް ކުންފުންޏެއްގެވެސް އެއްވެސް މުއައްސަސާއެއްގެ ވެސް މުވައްޒަފަކު ސިޔާސީ ނުފޫޒުން ވަޒީފާއިންވެސް ވަކި ނުކުރާނެ ކަމުގައެވެ.

އިބޫ ވިދާޅުވީ އިބޫގެ ބައެއް ވައުދުތަށް ރައްޔިތުންނަށް އޮޅުވާލަން ވާދަވެރި ފަރާތް ތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއިއެސްޓީއޯ އާއި ވެމްކޯއުވާލާ އެތަނުގެ މުވައްޒަފުން މަގުމަތި ކުރާނޭކަމަށް ބުނެ އެފަރާތްތަކުން އެދައްކާ ވާހަކަތަކަކީ ހަގީގަތެއްނެތް ދޮގުވާހަކަ ކަމަށެވެ.

އިބޫ މިހެން ވިދާޅުވި އިރު ރައީސް ޔާމީން ވަނީ ވަރަށް ގިނަ ރަސްމިއްޔާތު ތަކުގައި އެސްޓީއޯއާއި ވެމްކޯއާއި ސަރުކާރުގެ ކުންފުނިތައް އިދިކޮޅު ވެރިކަމެއްގައި އުވާލާނެ ކަމަށް މިފަހުން ވިދާޅުވެފައެވެ. އަދި އެތަންތާންގެ މުވައްޒަފުންނަށް ވެގެންދާނެ ގޮތަކާއި މެދު ވިސްނުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.