ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން ދޫކޮށްލައިފިއެވެ. ކޯޓުން ރިޔާޒް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އަދި ދައުލަތުން ވެސް ކޯޓުގައި އެކަމަށް އިންކާރެއް ކޮށްފައެއްނުވެއެވެ.
ރިޔާޒް ދޫކޮށްލުމަށް ކޯޓުން ނިންމީ، އޭނާ ދޫކޮށްލުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ރިޔާޒަށް ޖަލު ހުކުމް އިއްވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ބައެއް ފުލުހުންނާ ސުވާލުކޮށް، މުއާމަލާތްކުރި މައްސަލާގައި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން އޭނާ ބަންދުކޮށްފައި ހުއްޓައެވެ. އޭގެ އިތުރުން ރިޔާޒުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލާފައެވެ.
ރިޔާޒު ހައްޔަރު ކޮށްފައިވަނީ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ހިންގި ތަހުޤީގުތަކުގެ ތެރެއިން 2018 މާރޗް 12 ވަނަ ދުވަހުއެވެ.