English Edition
Dhivehi Edition
ޝަރަފުއްދީންސްކޫލުގައި ވޯޓު ގެނުމުގެ މަސައްކަތް ކުރިއަށް ދަނީ

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ބައެއް މަރުކަޒުތަކުގައި ވޯޓު ގުނަން ފަށައިފިއެވެ.

ވޯޓުލުމުގެ ކިޔޫތައް ބަންދުވިއިރު ރާއްޖޭގައި ވޯޓުލުން ކުރިއަށްދިޔައީ އަމާންކަމާއި އޮމާންކަމާއެކު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރައްޔިތުން ދެއްވި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވަވާފައެވެ.

ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. މިއީ ދެ ކެންޑިޑޭޓުން ވާދަ ކުރައްވާ ފުރަތަމަ ރިޔާސީ އިންތިހާބު ވެސްވެ އެވެ.