English Edition
Dhivehi Edition

ރިޔާސީ އިންތިޚާބު ކަވަރު ކުރުމުގެ ހުއްދަ ދީފައިވާ ބޭރުގެ ނޫސްވެރިންނަށްވިސާ ދޫނުކުރެވި އޮތީ އެ ފަރާތްތަކުގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ބައެއް ނޫސްވެރިންނަށް ވިސާ ހަމަނުޖެހޭ ކަމުގެ ޝަކުވާތައް އެމީހުން ކުރުމާއި ގުޅިގެންނެވެ

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބު ކަވަރު ކުރުމަށް އަންނަ ފަރާތްތަކަށް ބިޒްނަސް ވިސާ ދޭނެ ކަން އެ ފަރާތްތަކުގެ ސްޕޮންސަރުންނަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ ފަރާތްތަކަށް ވިސާ ދޫނުކުރެވި އޮތީ ސްޕޮންސަރުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށާއި ބިޒްނަސް ވިސާ ދޫކުރެވޭނީ އެކަމަށް ދައްކަން ޖެހޭ ފީ ދެއްކުމުން ކަމަށެވެ

އިމިގްރޭޝަނުންވަނީ އިންތިޚާބު ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދުނު ފަރާތްތަކުގެ ސްޕޮންސަރުން ފައިސާ ދައްކަން އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނަށް ދިއުމަށް އެދިފައެވެ. އަދި ބަންދު ދުވަސްތަކުގައި ވެސް ފައިސާ ދެއްކޭނެ ކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.