ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސްގެ ޕާސްޕޯރޓް ހިފަހައްޓައިފިއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުން ލަންކާ މަގުން މެލޭޝިޔާއަށް ދިއުމަށް ހަމަޖެހިފައި ވަނިކޮށެވެ
މެލޭޝިޔާގައި ދިރިއުޅުއްވަމުން ގެންދަވާ އިލްޔާސް ވޯޓު ލެއްވުމަށް ރަޖިސްޓްރީކުރައްވާފައި ވަނީ މެލޭޝިޔާ އަށެވެ
ޝެއިހް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، އިލްޔާސް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށެވެ. އިލްޔާސް ފުލުހަށް ހާޒިރުކުރަނީ ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ޝައިހް އިލްޔާސް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު އެކި ފަހަރު މަތިން މަރާލާފައިވާކަމަށެވެ.