“ދެދުލުން ” ވާހަކަ ދައްކަވާ ކަމަށް ބުނެ ބަދުނާމު ކުރި ކަމުގައިވިއަސް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ
ރޭ އައްޑޫ ސިޓީ މީދޫގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ 2008 ވަނަ އަހަރުވެސް ރައްޔިތުން ބަދަލަކަށް އެދިގެން ވާހަކަ ދެއްކި ކަމަށެވެ. އަދި ހެޔޮކަންތައްތަކާއި ޚިލާފަށް އޭނާއަށް ފެނުނު ކަންތައްތަކާއި ގުޅިގެން ވާހަކަ ދެއްކެވިކަމަށާއި މިހާރު އެ ދަލީލަކަށް ނަގައިގެން ބަދުނާމް ކުރިޔަސް ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ
މީގެ އިތުރުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ ޝަހީމް ހދ. ނޮޅިވަރަމްގައި ދައްކަވާފައިވާ ވާހަކަތަކަށް ވަކި މީހެއްގެ ނަން ހާމަނުކުރައްވާ ރައްދު ދެއްވަމުން އިލްޔާސް ވިދާޅުވީ ފުރާނަ ހުރިހާ ހިނދަކު ޕެނަލްޓީ ޖަހާނެ ކަމަށާއި އެކަންތައްތައް ދިފާއު ކުރައްވާނީ އެބޭފުޅުން ކަމަށެވެ