English Edition
Dhivehi Edition

އިސްލާމްދީނުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އުޅޭ މީހުންގެ މެދުގައި އަދުލު އިންސާފު ގާއިމްވެގެން ދިއުންކަމަށާއި، އެކަން ގާއިމްނުކޮށް އިސްލާމްދީނުގެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ

ރޭ އިދިކޮޅު ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ތަރައްގީގެ ނަމުގައި ހަރާމް ގޮތުގައި ފައިސާ ހޯދަން ދަސްކޮށްދިނުމަކީ ވަރަށް ބޮޑު އަނިޔާއެއްކަމަށެވެ. އަދި އިލްޔާސް ވަނީ އެކަމާ ދެކޮޅަށް އިލްމުވެރިން ތެދުވެވަޑައިގަތުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ އެންމެން ވެސް ނިކުތުމަށް ގޮވާލާފައެވެ

އިލްޔާސް ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މިރޭ އައްޑޫ ސިޓީ މީދޫގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ