English Edition
Dhivehi Edition

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ދިނުމަށް ވިމެން އެންޑް ޑިމޮކްރަސީ އިން އިލެކްޝަންސް ކޮމިޝަންގައި އެދެފި އެވެ

މިފަހަރުގެ އިންތިޚާބު އޮބްޒާވްކުރާ މަދަނީ ޖަމްއިއްޔާއެއް ކަމަށް ވިމެން އެންޑް ޑިމޮކްރަސީން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިންތިޚާބުގައި އޮބްޒާވަރުންނަށް ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުން މަނާކޮށްފައިވާތީ އެކަމުގެ ސަބަބުން އޮބްޒާވަރުންގެ މަސައްކަތަށް ހުރަސް އެޅޭނެކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައިބުނެފައިވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ ދަށުން، ވޯޓުލާ މަރުކަޒަށް ފޯނު ނުވަތަ މުއާސަލާތީ ވަސީލަތްތައް ވެއްދުން މަނާ ކޮށްފައިވަނީ ވޯޓުލާން އަންނަ މީހުންނަށް އެކަނި ކަމަށެވެ. އަދި އެކަން އޮބްޒާވަރުންނާއި މޮނީޓަރުންނަށް މަނާކޮށްފައި ނެތް ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ

މީގެ އިތުރުން ވޯޓުލާ މަރުކަޒަށް ޗެކް ލިސްޓާއި ކަލްކިއުލޭޓަރު ފަދަ ތަކެތި ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ލިބިފައިނުވާތީ،އެއީ އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއްގައިވެސް މަނާކޮށްފައިވާ ކަމެއް ނޫންކަމަށް ސިޓީގައިވަނީ ބުނެފައެވެ