އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ވަރަށް އިތުރަށް މޫސުން ގޯސްވެ ހުއްޓާނުލާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 8:30 އިން 11:30 އަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 16 މޭލު ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
ހުރިހާހިސާބެއްގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައި ވެއެވެ.