English Edition
Dhivehi Edition

އަންނަ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށި ބަހައްޓާތީ އަންނަ ހޯމަ ދުވަހު ސްކޫލްތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

ހޯމަ ދުވަހު ސްކޫލްތައް ބަންދުވި ނަމަވެސް ސަރުކާރު އޮފީސްތައް ބަންދު ނުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓުލައި ނިމުމުން ވޯޓު ގުނަން ފަށުމަށް ހަމަޖެހިފައިވަނ ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓު ފަހުންނެވެ.