ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުޑަ ކުއްޖަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މ.ރަންބޮލި، ޢަބްދުﷲ އިޝާން ނަޝީދު (16އ) އެވެ.
ނައުޝާދާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެ ޑިޕާޓުމެންޓްގެ ނަމްބަރު 9790163 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށްފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.