English Edition
Dhivehi Edition
ހއ.ދިއްދޫ ޖަލްސާގެ ތެރެއިން ފޮޓޯ: އެމްޑީޕީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފަހު ދަތުރުފުޅުގައި އިބޫ ފުވައްމުލަކުން އައްޑޫއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިބޫ އެންމެ ފުރަތަމަ އައްޑޫ ސިޓީ މީދޫ އަށް ވަޑައިގެންނެވި އިރު، ކޯލިޝަނަށް ތާއިދުކުރައްވާ ހުޅުމީދޫ ރައްޔަތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެެވެ

ހުޅުދޫމީދޫގެ ރައްޔަތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިބޫ ވަނީ ކޯލިޝަންގެ ވެރިކަމެއްގައި މި ދެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. މި ގޮތުން މީދޫގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށް ހުޅުދޫ ފުޓްބޯޅަ ދަނޑު ރަސްމީ ފެންވަރެއްގައި ހައްދަވައިދެއްވާނެކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމީދޫ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަގަޅުކޮށް ފައްސޭހައިން އާސަންދަ ހަމަޖައްސޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް އިބޫވަނީ ވިދާޅުވެފައެވެ

އިބޫ މެންދުރު ފަހު އައްޑޫ ސިޓީގެ ފޭދޫއަށް ވަޑައިގަތުމަށްފަހު، މަރަދޫ ފޭދޫ އަށް ވަޑައިގެން އެ އަވަށުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ ހުޅުއްވާދެއްވާނެއެވެ

މިރޭ އިބޫ އާއި ފައިސަލް ބައިވެރިވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ