ފުވައްމުލަކު ރައްޔިތުންގެ ހިތްތަކާއި ކުޅެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް، ފުވައްމުލަކުން ކުރި ހޯދާނީ އިއްތިހާދުން ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓާއެކު ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންފައިސަލް ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންގެ ހިތްތަކާއި ކުޅެން މަސައްކަތްކުރިނަމަވެސް، ފުވައްމުލަކުން ކުރި ހޯދަން ނުކެރޭނެ ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މި ޖަލްސާއަކީ ފުވައްމުލަކުގެ މުޅި ތާޜީޚުގައި ގިނައަދަދެއްގެ ރައްޔިތުން އެއްތަނަކަށް ޖަމާވެތިބި ހަރަކާތް ކަމަށާއި، އެކަމަށްޓަކައި ޝުކުރު ދަންނަވާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ ފުވައްމުލަކުގެ ތަރަށްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގިނަ ކަންކަން ފަހަތަށް ޖައްސައި ސިއްޚީ ޚިދުމަތްވެސް 5 އހަރު ފަހަތަށް ޖައްސާފައިވާ ކަމަށެވެ. އަދި ޒުވާނުންނާއި ރައްޔިތުން ބައިބައިކޮށްގެން މުޖުތަމަޢުގެ ހަމަޖެހުން ނަގާލަން މަސައްކަތްތަކެއް ކޮށްފި ކަމަށެވެ
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަށް އިޝާރާތްކުރައްވާ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުވައްމުލަކު ރައްޔިތުންނަށް އުއްމީދުތަކެއް ގެނެސްދެއްވާފައި ކަމަށެވެ. އަދި ފައިސަލްވެސް ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ފުވައްމުލައް އަމާން ވެއްޓަކަށް ހަދައިދީ، ފުވައްމުލަކު އެއަރޕޯޓްގައި ރާއްޖޭގެ ހުރިހާ އެއާލައިންތަކެއް ޖެއްސުމުގެ މަގުތަނަވަސްކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.