އަންހެނުންނަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް މި ސަރުކާރުން ރާއްވަވަމުން ގެންދަވާ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލުމަށް މާފަންނު ސްޓޭޑިއަމް ވެލިދަނޑު ސަރަޙައްދުގައި ރޭ ބޭއްވި “އެންމެން އެކަކަށް” މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ފުދުންތެރިކަން މީގެ ކުރިން އައި ސަރުކާރެއްގައި ނެތް ކަމަށެވެ
މީގެ ކުރިން އަމިއްލަ ފަރާތްތަކުގެ ހޮސްޕިޓަލްތަކުން ދެމުން ގެންދިޔަ އެމްއާރްއައި ފަދަ ޚިދުމަތްތައް ސަރުކާރު ހޮސްޕިޓަލަކުން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި ފުދުންތެރިކަން މީގެ ކުރިން އައި ސަރުކާރެއްގައި ނެތް ކަމަށާއި.
ނަމަވެސް މި ސަރުކާރުން އެންމެ ޒަމާނީ ސިއްހީ ޚިދުމަތްތަކާއި ވަސީލަތްތައް ރައްޔިތުންނަށް ފަހިކޮށްދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމާއެކު ދެވަނަ ދައުރު ނިމޭއިރު މިއަދަދު 50 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށެވެ.