އަންނަ ރިޔާސީ އިންތިހާބްގައި ވޯޓްލާންބޭނުން ކުރާކަރުދާސް ތައް ރައްރަށަށް ފޮނުވަން ފަށާފައި ވާކަމަށް އިލެކްޝަންކޮމިޝަނުން މިއަދު ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު ކަރުދާސްތައް ޕްރިންޓްކޮށް ނިމިފައިވާތީ އިންތިހާބުގައި ބޭނުން ކުރާ ސާމާނު ހިމެނޭ ގޮތަށް ބްލެކް ބޮސްތައް އަތޮޅުތަކަށް ފޮނުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް ވޯޓު ކަރުދާސްތަކާއި އިންތިހާބުގައި ބޭނުން ކުރާ ސާމާނު ފޯރުކޮށްދެވޭނެއެވެ.
އިންތިހާބުގެ މަރުކަޒުގައި ވޯޓުލުމަށް ބޭނުން ކުރާ ހުރިހާ ސާމާނެއް މިހާރު ބެހެއްޓޭނީ އަތޮޅު ކައުންސިލްތަކުގައި އެވެ. އެހެންކަމުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަކި ވަކި ރަށްރަށާއި ވޯޓުލާ މަރުކަޒުތަކަށް އަތޮޅުތަކުގައި ބެހެއްޓިފައިވާ ބްލެކް ބޮކްސްތައް ޑިސްޓްރިބިއުޓް ކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ވޯޓު ކަރުދާސްތައް ގެންދާއިރު ފުލުހެއްގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ އޮފިޝަލެއް ކޮންމެ އަތޮޅަކަށް ވެސް ދާނެއެވެ. އަދި މިހާތަނަށް ބޭރުގެ އެއްވެސް ގައުމަކަށް ވޯޓު ކަރުދާސް ގެންގޮސްފައިނުވާކަމަށް އަކްރަމް ވިދާޅުވިއެވެ.
ވޯޓުކަރުދާސް ޕްރިންޓްކުރެވި ރާއްޖޭގެ އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ވޯޓުކަރުދާހުގެ ތަފްސީލުތައް އަދި ހާމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި އަހަރުގެ އިންތިހާބުގައި 262135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާއިރު 472 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.