ހއ. އިހަވަންދޫގައި އިދިކޮޅު ކެމްޕޭނުގައި ހަރުކޮށްފައިހުރި އިދިކޮޅު ލީޑަރުންގެ ފޮޓޯތަކެއް ރޭ ފުލުހުން ނުކުމެ ނަގައިފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ދެ ފުލުހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ވެހިކަލެއްގައި ގޮސް އިދިކޮޅުން ތަތްކޮށްފައިހުރި ފޮޓޯތަކެއް ނަގާ މަންޒަރެވެ.
މި ވީޑިޔޯ އާންމު ވުމާ އެކު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޕޯސްޓަރުތައް ނަގާފައިވަނީ އެ ޕޯސްތަރުތަކަކީ ޤާނޫނުލް އުގޫބާތުން ކުށްތަކެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންތަކެއްގެ ފޮޓޯ ޗާޕްކޮށް ތަތްކޮށްފައިވާ ޕޯސްޓަރުތަކަށް ވުމުން ކަމަށެވެ.
ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ފުލުހުން ވަނީ މީގެކުރިންވެސް އަންގާފައެވެ.
މީގެކުރިން އިލެކްޝަން ކޮމިޝަނުން ވެސް ޤައިދީންގެ ފޮޓޯ ބޭނުންކޮށްގެން ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނެކަން އަންގާފައިވާއިރު ޑީޕީއާރުއެސް އިންވެސްވަނީ ގައިދީންގެ ޚަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.