ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އެކުންފުނީގެ އެކްޓިން އެމްޑީ ކަމުގައި މިހާރު ހުންނެވި މުހައްމަދު ލައްމާން އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކޯޕަރޭޝަނުން ފެނަކައިގެ އެމްޑީގެ މަގާމަށް މުހައްމަދު ލައްމާން މ. ހަޒާރީ، އައްޔަންކޮށްފައިވާކަމަށެވެ.
މީގެކުރިން ރެޑިއެންޓް ހީޓް ވޯޓަރސް ގައި މަސައްކަތް ކުރުމަށްފަހު، ފަހުން ލައްމާން މަސައްކަތް ކުރައްވާފައިވަނީ މިފްކޯ ގައެވެ. ޕީޕީއެމްގެ ކެމްޕެއިން ތަކުގައި އިސްވެ ހަރަކާތްތެރި ވަމުން އަންނަ ލައްމާން އަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ވަރަށް އިސް ދައުރެއް އަދާކުރި ފަރާތެކެވެ. އަދި އަދި މިހާރު ވެސް ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި މުހިއްމު ދައުރެއް ލަމާން އަދާކުރެއެވެ
ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އަދި ލަމާން އެމްޑީގެ މަގާމަށް ރަސްމީކޮށް އައްޔަންކޮށްފައިވަނީ މިއަދެވެ.