ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ދިނުން ލަސްވާ މައިގަނޑު ސަބަބަކީ ބަލިމީހުން ހޮސްޕިޓަލަށް ގެންދާނެ އެކަށީގެންވާ އަދަދަކަށް ޖަލު އޮފިސަރުން ނެތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އެޗްއާރުސީއެމުން ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުން 2024، 2025 އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގައިދީންނަށް އަވަހަށް ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮފިސަރުން ދަތިވުމެވެ.
އޮފިސަރުން ނެތިގެން ފަރުވާ ލަސްވި އިންސައްތަ:
މީގެ އިތުރުން، ދެވަނައަށް އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައަކީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުން ލަސްވުމެވެ. އެގޮތުން 2024 ވަނަ އަހަރު %18.5، 2025 ވަނަ އަހަރު %20.3 އަދި މިއަހަރުގެ ޖުލައިގެ ނިޔަލަށް %15.8 މައްސަލަ ދިމާވީ އެޕޮއިންޓްމަންޓް ނުލިބިގެންނެވެ.
އިދާރީ ގޮތުން އަރާ އޮޅުންތަކުގެ ސަބަބުން ފަރުވާ ދިނުން ލަސްވާ މައްސަލަ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެޕޮއިންޓްމަންޓަށް އެދުން ލަސްވުމާއި، ޑޮކްޓަރަށް ދައްކަން ގެންނަ މީހުން ބައިތިއްބާނެ ޖާގަ ނެތުމަކީވެސް ފަރުވާ ލަސްވާ އިތުރު ސަބަބުތަކެވެ.