English Edition
Dhivehi Edition

މިދިޔަ 5 އަހަރުގެ ތެރޭގައި ގޭންގް ކުށްތައް ވަރަށް ބޮޑުތަން ދަށްކުރެވިފައިވާ ކަމަށާއި މިއަށްވުރެ ދިގު ދައުރެއް ދެއްވައިފިނަމަ، މިހާރަށް ވުރެ ބޮޑަށް ކުށްކުރާ މިންވަރު ދަށްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވަރސިޓީ އިން އިންތިޒާމް ކޮށްގެން ބާއްވާ ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގްރޫޕިންސްތަކުން އުފެދިގެން އަންނަ ވަޔަލެންސް އަކީ އިއްޔެ އަކު މިއަދަކު އުފަންވި ކަންކަމެއް ނޫން ކަމަށެވެ . އަދި ރައްޔިތުންގެ ވިސްނުމަށް ގެނެސްފައިވާ ބަދަލާއި އަދި ރައްޔިތުން ޤާނޫނަށް ތަބާވާން ނުޖެހޭ ކަމަށް ވިސްނައި ދީފައިވާ ދިނުމަކވެސް އިއްޔެއަކު މިއަދަކު ވީކަންތައްތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކުށްކުރާ މިންވަރު 100 އަކުން 30 ދަށްކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ތައުލީމަށް ބޮޑު އިންވެސްޓްމަންޓެއް ކުރާ ޤައުމެއް ކަމަށްވުމާއެކު ކުށްކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތައުލީމާއި ތަރުބިއްޔަތު ނުހިމެނޭ ކަމަށާއި އެއީ ކޮން ސަބަބެއް ކަން ދެނެގަންނަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“ހަޤީޤަތުގައި ކަންކަމަށް ހައްލު އަންނާނީ އިޤުތިޞާދީ ހައްލު ގެނެވިގެން. ހިސާބު އަކުރުން ހައްލު ހޯދަން ވަރަށް ފަސޭހަ. ނަމަވެސް ނުބައި ކަންކަމުން މީހުން ދުރުކުރަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު. އެބައުޅޭ އެކްސްޕްލޭން ނުކޮށްދޭ މައްސަލަތަކެއް. މިއީ ތައުލީމާއި ތަރުބިއްޔަތުގެ މައްސަލައެއް ނޫން. މިއަދު ކުށްތަކަށް އަރައި ގަންނަ މީހުން ވަރަށް މަދު. މިއަދު ސްޕޯޓްސް އެރީނާތަކުގައި މަސައްކަތް ކުރާތަން އެބަފެނޭ. އަޅުގަނޑެއް ނުދަންނަވާނަން ފަސް އަހަރު ތެރޭގައި މިކަން ހައްލު ވާނެއެކޭ. ނަމަވެސް އަޅުގަނޑުގެ ފަސް އަހަރުގެ ޓްރެކް ރެކޯޑަށް ބަލާފައި ރައްޔިތުންނަށް އެނގޭނެ މިސަރުކާރަށް މިފަދަ ކުށްތައް ކުރުން ވަރަށް ބޮޑަށް ހުއްޓުވޭނެކަން” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރާނެ ކަމެއް ނެތިފައި ތިބި ޒުވާނުންނަށް މި ސަރުކާރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށާއި އަދި ޒުވާނުން ހުސް ވަގުތު ހޭދަ ކުރުމަށްޓަކައި ކުޅިވަރުގެ ވަސީލަތްތައް ވެސް ފަހިކޮށްދީފައިވާ ކަމަށެވެ..

2 ކޮމެންޓް
ސަމަދު
ސެޕްޓެމްބަރު 17, 2018
ކަލެއަށް 5 އަހަރު ދީގެންވީ ކަމެއް ހަރާމް. ދެން އެންމެ ދުވަހެއްވެސް ދެވޭކަށް ނެެތް. ސޮރީ
ފަސީ
ސެޕްޓެމްބަރު 17, 2018
މަނުކުފާނަށް 5 އަހަރުން ނުވަންޏާ އިސްތިއުފާދެްވާފަ ވަދައިގަންނަވާ 5 އަހަރުން ކުރާނެ ބަޔަކު އަޅުގަނޑުމެން ހޯދާފާނަން