English Edition
Dhivehi Edition

މިދިޔަހޮނިހިރު ދުވަހު ޕިލިޕީންސްއަށް އެރި ބާރުގަދަ ތޫފާން މަންޙޫތް ގެ މިސްރާބް މިހާރު ހުރީ ޗައިނާ އަށްކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މިތޫފާން ޕިލިޕީންސްއަށް އަރިވަގުތު ގަޑިއަކު 177 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި އެތަކެއް އިމާރާތަކަށް ވަނީ ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މިހާދިސާގައި މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވާ ފަރަތްތަކުން ބުނީ މިހާތަނަށް 30 މީހަކު މަރުވެ 13 މީހަކު ގެއްލި އިތުރު ހަތަރުބަޔަކާ ދެކުއްޖަކު ކިސަޑުގެ ދަށުވެ ގެއްލިފައި ވާކަމަށެވެ.

ތޫފަން މަންޙޫތް ޕިލިޕީންސްގެ އުތުރަށް އެރުމަށްފަހު މިހާރު ޗައިނާ އަދި ހޮންކޮންގް އަށް މިސްރާބް ޖަހާފައިވާއިރު މިތޫފާންގައި ލިބުނު ގެއްލުމާއި މަރުވިމީހުންގެ އަދަދު އަދި ކަށަވަރުނުވާކަމަށް ކަމާބެހޭފަރާތްތަކުން ބުނެއެވެ.

ތޫފާނުގެ ސަބަބުން 87،000 އަށް ވުރެ ގިނަ މީހުން ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވާއިރު ޗައިނާ ސަރުކާރުން ބުނަމުންދަނީ އެމީހުން ތިބީ މިހާރު ތޫފާންއަތުވެދާނެތީ ތައްޔާރީ ހާލަތުގައި ކަމަށެވެ.

ތޫފާން މަންޙޫތަކީ މިއަހަރު ފިލިޕީންސަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ރިކޯޑްކުރެވިފައި ވާއިރު މިއީ އެގައުމަށް އެރި 15 ވަނަ ތޫފާނެވެ .