English Edition
Dhivehi Edition
ފެންބޮޑުވެފައިވާ މީދޫގެ މަގެއް

ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ނަމަވެސް އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ބުނިގޮތުގައިވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ ސަރަހައްދުގައި ގަޑިއަކު 03 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށްވެސް މެޓްއޮފީހުން މައުލޫމާތު ދެއްވައެވެ.

މިހާރު ދެކުނުގެ ރަށްތަކަށް ކުރަމުން ދާވިއްސާރައިަގއި އައްޑު އަތޮޅުގެ ބައެއް ރަށްތަކުގއި ވަނީ ފެންބޮޑުވެފައެވެ. މިވިއްސާރައިގައި އިއްޔެ މެޓްއޮފީހުން ވަނީ ލ. އަތޮޅުންފެށިގެން އައްޑު އަތޮޅާހަމައަށް ވައިޓްއެލާޓް ނެރެފައެވެ.