English Edition
Dhivehi Edition

ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި އައްޑޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ކުރަން ފީއެއް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ނެރުނު ގަވައިދުގައިވާ ގޮތުން އެ ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ކުރަން އެތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ ތިން ދުވަސްކުރިން ހުއްދަ ހޯދަން އެދި އެތަނުގެ މެނޭޖްމަންޓް ޔުނިޓްއަށް ފޯމް ހުށަހަޅަން ޖެހެ އެވެ.މި ގޮތަށް ހުއްދަ ދޫކުރާ ފަރާތްތަކަށް އެ ސަރަހައްދުގައި ފޮޓޯ ސެޝަނަކަށް ހޭދަކުރެވޭނީ ގިނަވެގެން ފަސް ގަޑިއިރުކަމަށް ގަވައިދުގައިވަނީ ބުނެފައެވެ

އެ ގަވައިދުގައިވާ ގޮތުން ވިޔަފާރި އުސޫލުން ނަގާ ފޮޓޯގްރަފީ ކޮންމެ ސެޝަނަކަށް 500ރ. އަދި ވީޑިއޯގްރަފީ ކޮންމެ ސެޝަނަކަށް 3،000ރ. ދައްކަންޖެހޭއިރު ޑްރޯން ބޭނުންކުރާ ނަމަ 100ރ. ދައްކަން ޖެހެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ވިޔަފާރި އުސޫލުން ވިއްކަން ރިސާޗެއް ހަދާ ނަމަ 3،000ރ.ގެ ފީއެއް ދައްކަން ޖެހެ އެވެ

އެ ގަވައިދުގައިވާ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޑްރޯން ބޭނުންކުރެވޭނީ މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފަކު ހުރެގެންނެވެ. އަދި ޑްރޯން ދޫނިސޫފާ ސޫތްޕާ 15 ފޫޓަށް ވުރެ ކައިރިކޮށްގެންނުވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ