ވޯޓު ހޯދުމުގެ ގޮތުން އައިޑީ ކާޑު ގަތުން ފަދަ އެއްވެސް ކަމެއް ޕީޕީއެމުން ނުކުރާކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީޕީއެމް އިން މިހެން ބުނެފައިވަނީ އެ ޕާޓީއަށް ވޯޓު ދޭނެކަން ޔަގީން ނުވާ މީހުންނަށް ފައިސާ ދިނުމަށް ފަހުގައި އައިޑީ ކާޑު އަތުލަމުން ދާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެންނެވެ.
އިދިކޮޅު ކޯލިޝަނުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މީހުން ޑީ ގްރޭޑް ކޮށްގެން ވޯޓު ހޯދުމާއި މީހުންނަށް ބިރު ދައްކައިގެން ވޯޓު ހޯދުމާއި މީހުންނަށް ފައިސާ ދީގެން ވޯޓު ހޯދުމާއި މީހުންގެ އައިޑީ ކާޑު ގަނެގެން ވޯޓު ލިޔަ ނުދީ ހިފެހެއްޓުމާއި ހައްގުތަކުގެ މައްޗަށް އަރައިގަތުމަކީ ޕީޕީއެމްގެ ކެމްޕެއިންގެ އެއްވެސް ހިސާބެއްގައި އޮތް ކަމެއް ނޫން ކަމަށެވެ
މީގެ އިތުރުން ނިހާން ވިދާޅުވީ އެފަދަ ގާނޫނާ ހިލާފު ކަމެއް އެޕާޓީގެ ކެމްޕެއިންގެ ތެރޭގައި ނުކުރާ ކަމަށެވެ.