English Edition
Dhivehi Edition

ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތީ މުޅި ގައުމުގެ މަސްލަހަތު އިސްކުރެއްވުމުގެ ނަތީޖާގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ

އިދިކޮޅު ކޯލިޝަނުން ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީއިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، އެންމެ އިސްކަމެއް ދެއްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތާ އެކު މަސައްކަތް ކުރައްވަން ކަމަށާއި އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ ގައުމަށް ދިމާވެފައިވާ އެތައް ގޮންޖެހުމަކުން ސަލާމަތްވުމަށް ކަމަށެވެ. އެގޮތުން އިންސާފު ގާއިމުކޮށް، ކޮރަޕްޝަނާއި ފަސާދަ ނައްތާލައި އަމާންކަން ގާއިމުކޮށްދޭން ބޭނުންވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ ސިޔާސީ މަގްސަދެއް ހާސިލް ކުރާކަށްނޫންކަމަށް އިބޫ ވިދާޅުވިއެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތަކުގައި އިންސާފު ގާއިމުވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ސަރުކާރުން، ރައްޔިތުންނަށް ދެން އެއްވެސް ބިރެއް ނުދެއްކޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.