English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިން ސްޕޮންސަރ ކޮށްގެން ، ޗައިނާގެ ޔަންގްޒޫ ޕޮލިޓެކް ކޮލެޖް (ވައިޕީސީ) ގެ 2018 ވަނަ އަހަރުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުން އިއްޔެ ޗައިނާއަށް ފުރައިފިއެވެ.

ވައިޕީސީގެ ސީއެމްސީއޭ ގެ މިއަހަރުގެ ސްކޮލަރ ޝިޕްގައި ޗައިނާގައި ކިޔެވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހޯއްދަވައި ދެއްވާފައިވަނީ އައްޑޫ ސިޓީގެ ދަރިވަރަކާއި ފުވައްމުލައް ސިޓިގެ 2 ދަރިވަރަކަށެވެ.

ވައިޕީސީން މިފަހަރު ސީއެމްސީއޭއަށް ދެއްވަވާފައިވަނީ ޑިޕްލޮމާ އިން އީކޮމާސް، ޑިޕްލޮމާއިން ނިއުސް މީޑިއާ އަދި ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓެވެ.

ވޭތުވެދިޔަ އަހަރުވެސް ސީއެމްސީއޭއިން ވަނީ އައްޑޫގެ 3 ދަރިވަރަކު އެ އެސޯސިއޭޝަނުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ޗައިނާއަށް ފޮނުވާފައެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.