English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނު (ސީއެމްސީއޭ) ގެ ފަރާތުން ތައިޗީ ޓްރެއިނަރުންތަމްރީން ކުރުމުގެ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތައިޗީ ޓްރެއިނިން ވޯކްޝޮޕަކީ ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. ތައިޗީއަކީ ޔޯގާގައި ކުރިއަށް ގެންދާފަދަ ކަސްރަތު ހަރަކާތްތަކެއް ދަސްކޮށްދިނުމުގެ އިތުރުން ސެލްފް ޑިފެންސް ހަރަކާތްތަކެއްވެސް ހިމެނޭ ޚާއްޞަ ކަސްރަތެކެވެ.

ޑިސެމްބަރު 4 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި 6 ސެޝަން ކުރިއަށް ގެންދާއިރު މި ސެޝަންތައް ނަންގަވައި ދެއްވަވާނީ ޗައިނާގެ ތައިޗީގެ މާސްޓަރެކެވެ

. 2 ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭ މި ވޯކްޝޮޕްގައި ފުރުސަތު ދެވޭނީ 20 ބައިވެރިއަކަށް ކަމަށާއި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކުވެސް 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސީއެމްސީއޭ އިން ބުނެއެވެ. މީގެ އިތުރުން ވޯކްޝޮޕާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 9117575 އަށް ގުޅުއްވާ ނުވަތަ [email protected] ސީއެމްސީއޭގެ ރަސްމީ މެއިލް އަށް މެއިލް ކޮށް ދެއްވުމުން މައުލޫމާތު ފޯރުކޮށް ދެވޭނެ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.