English Edition
Dhivehi Edition

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނު (ސީއެމްސީއޭ) ގެ ފަރާތުން ރާއްޖޭގައި ތައިޗީ ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ސީއެމްސީއޭއިން ވަނީ މި ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ތައިޗީގެ ފުރަތަމަ ޓްރެއިނިން ބުރު މާލޭގައި ބާއްވާފައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ މި ޓްރެއިނިންގ ގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތައިޗީގެ ތަޖްރިބާކާރު ޕްރޮފެސަރެއް ކަމުގައިވާ ޗުވޭ ޒޮން ސަން އާއި ފޫ ގުވޭން ފަން ގެ ފުރިހަމަ އިރުޝާދާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ސީއެމްސީއޭއިން އިސްނަގައިގެން ރާއްޖޭގައި ތައިޗީ ޓްރެއިނަރުން ތަމްރީން ކުރުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އިވެންޓެކެވެ.

“މި ޕްރޮގްރާމުގެ ސަބަބުން އެނގިއްޖެ ރާއްޖޭގައިވެސް ތައިޗީއަށް ޝައުގުހުރި މީހުންގެ ގިނަކަން. ފުރަތަމަ ޓްރެއިނިންގ ގައި ޖާގަ ހުރި މިންވަރަށް ބަލާފައި މީހުން ބައިވެރިކުރީ. ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް މި ވިސްނަނީ” ސީއެމްސީއޭގެ ފައުންޑަރ މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިން ވޯކްޝޮޕަކީ ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

ތައިޗީއަކީ ޔޯގާގައި ކުރިއަށް ގެންދާފަދަ ކަސްރަތު ހަރަކާތްތަކެއް ދަސްކޮށްދިނުމުގެ އިތުރުން ސެލްފް ޑިފެންސް ހަރަކާތްތަކެއްވެސް ހިމެނޭ ޚާއްޞަ ކަސްރަތެކެވެ.