ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ހުޅުދޫއަށް އެއްވެސް ކަމެއް ކޮށްދެއްވާފައިނުވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ހުޅުމީދޫގައި މިސަރުކާރުން ކުރިއަށްގެންދިޔަ 5 މަޝްރޫއެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ހުޅުދޫގެ ކޯޓްގައި ހުޅުޖަހާ އަންދާލާފައިވާކަމަށެވެ. އޭގެ ސަބަބުން ދޭއްޕޮއިންޓް ފަހެއް މިލިޔަން ރުފިޔާގެ ގެއްލުން ލިބުނުކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ހިތަދޫއަށް ޚާއްސައިސްކަމެއް ދެއްވައިގެން އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
” އަޅުގަނޑު ކަނާތުން މަސްފެކްޓަރީ ވާތުން ޓްރާންސްޕޯޓް ލިންކް، ވާތުން އިސްމަހެލާ ހެރަ، ކަނާތުން ހެރެތެރެ، ބޮޑު ހިލަ މަގުހެދުން ހުޅުދޫ ސްކޫލު، ސ. އަތޮޅު މަދަރުސާގެ ހަތަރު ބުރީގެ އިމާރާތް ފަޔާ އެންޑް ރެސްކިއު، ޔޫތު ސެންޓަރ، ސްޕޯސްޓް އެރީނާ، މިހެން ގޮސް އަޅުގަނޑަށް ދެންނެވިދާނެ ވަރަށް ގިނަ ކަންތައްތައް” ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ހުޅުދޫއަށް ނިސްބަތްވާ ފަސް ވަޒީރެއް ކެބިނެޓްގައި ތިއްބެވިއިރު އެރަށަށް އެއްވެސް ކަމެއްކޮށްދީފައި ނުވާކަމަށެވެ. އަދި ހުޅުދޫގެ ރައްޔިތުންނަށް ވެތިބެ މިއަދު ހުޅުމީދޫއަށް އަންނަމުންދާ ތަރައްގީއާއި ކުރިއިރުން ހުއްޓުވާލުމަށް މަސައްކަތް ކުރަން އެބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.