ސްރީލަންކަން އެއާލައިންސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ހޮންގކޮންގ އަށާއި، ޗައިނާއަށް ދަތުރުކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފެއަރ އެއް ހަމަޖައްސައިފިއެވެ.
މި ޕްރޮމޯޝަންގައި އިކޮނޮމީ ކްލާހުގައި ހޮންގކޮންގއަށް 556 ޑޮލަރަށް ދެކޮޅު ޓިިކެޓް ލިބޭނެއެވެ. އަދި ޗައިނާގެ ބެއިޖިންގ، ޝަންހާއި އަދި ގުއަންގޒޯ އަށް ދަތުރުކޮށްލަން ބޭނުންވާ ފަރާތްތަކަށް 784 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.
މި އަގުގައި ދެކޮޅު ޓިކެޓް ލިބޭނީ ސެޕްޓެމްބަރު 30 ގެ ކުރިން ޓިކެޓް ނަގާ ފަރާތްތަކަށް ކަމަށާއި އަދި މި އަަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން އެ ދަތުރު ކުރަން ޖެހޭނެކަމަށްވެސް ސްރީލަންކަންސް އިން ބުނެއެވެ.