English Edition
Dhivehi Edition

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ބޭނުންވާ ބޭރުގެ ނޫސް އެޖެންސީތަކަށް ފުރުސަތު ދީފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބުނެފައިވަނީ މި މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރ ކުރުމުގެ ފުރުސަތު ބޭރުގެ ނޫސްވެރިންނަށް އެކޮމިޝަނުން ނުދޭކަމަށް ވިދާޅުވެ، އިބުރާހީމް މުހައްމަދު ސޯލިޙު ވާހަކަދައްކަވާފައިވަނިކޮށެވެ.

އީސީން ބުނީ އިންތިހާބުގެ ގާނޫނާއި ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އައިސް އިންތިހާބު ކަވަރު ކުރުމަށް ޝައުގުވެރިވާ ބޭރުގެ މީޑިއާތަކަށް މިދިޔަ ޖޫން މަހު 26 އިން ފެށިގެން އޮގަސްޓު 14 އާ ހަމަޔަށް ހުޅުވާލި ކަމަށެވެ. އަދި އިންތިޚާބު ކަވަރު ކުރުމަށް ބޭނުންވާ ބައިނަލްއަޤްވާމީ މީޑިއާތަކުން ޤަވާއިދާއި އުސޫލުތަކާއި އިމިގްރޭޝަންގެ ޤަވާއިދުގެ ދަށުން އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައިވާކަމަށްވެސް އެބަޔާނުގައި ވެއެވެ. އީސީއިން ހާމަކުރާގޮތުގައި ބައިނަލްއަޤްވާމީ މީޑިއާތަކަށް ހުޅުވާލި އެ ފުރުސަތުގައި 37 ފަރާތަކުން އެޕްލިކޭޝަން ހުށަޅާފައިވާކަމަށާއި އޭގެތެރެއިން ހުށަހަޅަންޖެހޭ ޑޮކިއުމެންޓްތައް މަދުވުމުގެ ސަބަބުން 11 ފަރާތެއްގެ އެޕްލިކޭޝަން ބަލައިގަނެފައިނުވެއެވެ.

ފޯމު ބާތިލު ކުރީ ކަނޑައަޅާފައިވާ ވަރަށް ލިޔުންތައް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ ފޯމުތައް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން މުއްދަތު ހަމަވިފަހުން ފޮނުވި ފޯމުތައްވެސް އިސީން ވަނީ ބާތިލުކޮށްފައި އެވެ.

އިމިގްރޭޝަނުން ވަނީ އިންތިހާބު ކަވަރު ކުރުަމަށް އަންނަ ބޭރުގެ ނޫސްވެރިން ރާއްޖެ އެތެރެ ވެވޭނީ ބިޒްނަސް ވިސާގައި ކަމަށް ބުނެފައި އެވެ.