ޒުވާނުންގެ ޝަހަރުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ތަކެއް ނުވަތަ ބިޒްނަސް ސެންޓަރުތަކެއް ޤާއިމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫ ވިދާޅުވެއްޖެއެވެ.
އެންމެނަށް ހިޔާ ޔަގީން މިނަމުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ނުވަތަ އުންމީދުކުރައްވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނުވަތަ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމަކަށް ވެގެންދިއުންކަމަށެވެ.
ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާ މަޝްރޫޢު ނިމިގެން ދާއިރު، ދިވެހި ގިނަ ޒުވާނުންނަށް ގެދޮރުވެރިކަން ފުރިހަމަވެގެންދާނެކަމަށާއި، އަދި ހިޔާ އެކަމްޕްލިޝްޑް ނިމިގެން ދިޔުމުން މިއަހަރުގެ މިނިވަން ދުވަހުން ފެށިގެން 2030 ގެ މިނިވަން ދުވަހާ ހަމައަށް 18 އަހަރު ވަމުންދާ ހަމަ އެއްވެސް ދިވެހި ޒުވާނަކަށް 1000 އަކަ ފޫޓުގެ ބިންކޮޅެއް ނޫނިއްޔާ ފްލެޓެއްނެތި ނުދާނެކަމަށެވެ.
އެގޮތުން ކޮންމެ ޒުވާނަކީ އެޕާޓްމެންޓްގެ ކުލި ދައްކައިލައިގެން އުޅެވޭ ވަރުގެ ފުދުންތެރި ބަޔަކަށް މި ސަރުކާރުން ހައްދަވައިދެއްވާނެ ކަމަށާއި، އެކުދިންނަކީ އެޕާޓްމަންޓްތަކުގައި ދިރިއުޅެމުން އެތަންތަނުގެ މިލްކުވެރިފަރާތް ކަމުގައި ވެވޭނެ މަގުތައް ތަނަވަސްކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ