ގދ. ތިނަދޫ އިން ސިހުރުހަދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެއެވެ.
ތިނަދޫ މީހަކު ނަންހާމަ ނުކުރުމަށް އެދި ބުނީ، ޖެޓީ ކައިރިން ސިހުރުހަދާފައި ކަފުންކޮށްފައިވާ އެތި ފެނިފައިވަނީ އަންގާރަދުވަހުގެ ރޭގެވަގުތެއްގައި ކަމަށެވެ. އޭނާ ބުނީ އޭތިފެނިގެން ބަޔަކު ފުލުހުންނަށް ރިޕޯރޓް ކޮށްގެން ފުލުހުން އެސަރަހައްދުގައި ޓޭޕް ދަމައިގެން ޗެކްކުރިކަމަށެވެ.
ތިނަދޫއިން “އޭއޯނިއުސް” އާ ވާހަކަ ދެއްކިމީހާ އިތުރަށް ބުނީ ކަފުންކޮށް މީހެއްގެ ސިފައަށް ހަދާފައިވާ އޭތީގެ މެދަށް ވަނީ ރައީސްޔާމީންގެ ފޮޓޯފުޅެއްލާފައެވެ.
ސިހުރުކަމަށް ބެލެވޭ އެއްޗެއް ފެނިފައި މި ވަނީ ރައީސް ޔާމީން ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެރަށުން ފުރާވަޑައިގެންނެވި ފަހުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދަން އުޅުމުން އަދިވަނީ ލިބޭގޮތް ނުވެފައެވެ.