English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހަު (އިބޫ)އަކީ ތަޖުރިބާ ނެތް ބޭފުޅަކަށްވާތީ ރައްޔިތުންނަށް ގޮތް ނިންމަން ފަސޭހަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ މި ވިދާޅުވެއްޖެ އެވެ

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް 12 ދުވަހަށް ވެފައި ވާތީ، މިކަންކަމާ މެދު ވަރަށް ބޮޑަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށާއި ރައީސް ޔާމީން ގައުމުގައި ހިންގެވި މަޝްރޫއުތަކަކީ ދިވެހި ތާރީހުގައި އަދި ކުރު މުއްދަތެއްގެ ތެރޭގައި އެހެން ރައީސަކަށް ހާސިލްކޮށް ދެއްވިފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ

މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ދެ ކެންޑިޑޭޓުން ތިއްބެވިއިރު، ރައީސް ޔާމީނަކީ ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ހުރި ބޭފުޅެއްކަމަށާއި އެމަނިކުފާނާ ވާދަކުރައްވަން ހުންނެވީ ތަޖުރިބާއެއް ނެތް ބޭފުޅެއް ކަމަށެވެ. އަދި މި އިންތިހާބު ވަރަށް ފައްސޭހަކަމާއެކު ޔާމީން ކާމިޔާބުކުރައްވާނެ ކަމަށާއި އެކަމުގައި އެއްވެސް ޝައްކެތްނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ