އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން ގައުމަށް އެތައް ގެއްލުންތަކެއް ދިން އިރު، އެ ޕާޓީ ހިމެނޭ އޮޑިއަކަށް ގައުމުގެ ޝަރަފުވެރިން އެރުއްވުމުން ސުވާލު އުފެދޭކަމަށް ވިދާޅުވެ ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ނަށް ރައީސް ޔާމީން ފާޑުވިދާޅުވެއްޖެއެވެ
ރޭ ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި، ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޮޑިއަށް އަރާ ތިބި މީހުންގެ ތެރޭގައި ތިބީ ނިޝާން އިއްޒުއްދީންގެ ޝަރަފުން ޒީނަތްތެރި ކުރައްވާފައި ތިބި ބޭފުޅުންކަމަށެވެ. އެއްވެސް ބޭފުޅެއްގެ ނަން ހާމަނުކުރައްވާ، އެ ބޭފުޅުންނަށް ފާޑު ވިދާޅުވެ ރައީސް ވަނީ އެ އިއްޒަތުގެ ޝަރަފުން ޒީނަތްތެރިވެގެން ތިއްބަވަން ހިތްޕުޅު ހަމަޖެހޭތޯ ސުވާލުކުރައްވާފައެވެ
ރައީސް ޔާމީން ކުރީގެ ވަޒީރުންނަށް ފާޑު ވިދާޅުވެފައިވެ ވާހަކަދައްކާފައި މި ވަނީ، މިނިސްޓަރުކަން ކުރެއްވި އުމަރު ޒާހިރާއި އަނީސާ އަހުމަދުގެ އިތުރުން މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އައްބާސް އިބްރާހީމް އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނިކޮށެވެ.