English Edition
Dhivehi Edition

ވޯޓުލާ ނިމުމަށް ފަހު ވެސް ވޯޓުގެ ކަންކަން ރަނގަޅަށް ބަލަންޖެހޭނެކަމަށާއި ފައިސާ އިން ވައްކަންކުރާ އުސޫލުން ވޯޓުން ވައްކަން ކުރުމަށް ފުރުސަތުދީގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ

ނ. މާފަރުގެ ރައްޔަތުންނާއި ބައްދަލުކުރައްވާ އޮބޫ ވިދާޅުވީ ފެންނަ މަންޒަރުތަކުން އެނގެނީ ސަރުކާރުން ވޯޓާ ކުޅެ، ވޯޓު އޮޅުވާލަން މަސައްކަތް ކުރާކަން ކަމަށާއި އެހެންނަމަވެސް ރައްޔިތުން ފާރަވެރިވެ، އެ ފުރުސަތު ދީގެން ނުވާނެކަމަށެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ އިބޫ ވިދާޅުވީ ކުރައްވަނީ ސިޔާސީ މަސައްކަތްޕުޅެއް ނޫން ކަމަށާއި، ކުރައްވަނީ ޤައުމީ މަސައްކަތްޕުޅެއް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖެ ދުށް އެންމެ އަނިޔާވެރި، އަދި އަދުލު އިންސާފު ގެއްލިފައިވާ ފަސް އަހަރުގެ ގޮތުގައި އިބޫވަނީ ވިދާޅުވެފައެވެ

އިބޫ ވަނީ ، ނ. މާފަރު އެއާޕޯޓު ވެސް ފުރިހަމަކޮށް ދޭނެ ކަމަށް ވައުދުވެވަޑައިގެން ތަރައްގީއަށް ފަށާފައި ހުރި މަސައްކަތްތައް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ

.