އައްޑޫ ސިޓީ ގެ ހިތަދޫ މެދެއާރި މަގާ އެޅެދީދީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި (ޝީޝާ ފިހާރަ ސަރަހައްދުގައި) ހުރި ބުރު ހަލާކު ކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާތީ ހިތަދޫގެ ގިނަ ބަޔަކު ނިކުމެ އެސަރަހައްދުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ މި ތަނަކީ އައްޑޫސިޓީ ޕޮލިސް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެތަކެއް ދިރާސާތަކެއް ކުރުމަށްފަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތަނުގައި ހަދާފައިވާ ބުރެއް ކަމަށެވެ.
“ލަފާކުރެވޭ ގޮތުގައި މިތަން މި ތަޅާލަނީ މިތަނުގައި އެމްޑީޕީން ދިދަފަތިއެއް ދެމުމުގެ ސަބަބުން. ބުރު ތަޅާ ނަގާލުމުގެ ބަދަލުގައި ދިދަފަތި ނަގާލިނަމަ މާ ރަނގަޅެއްނު. މުޅި ރަށު ތެރޭގައި މި ފެންނަނީ ޕީޕީއެމްގެ ދިދަފަތި ދަމާފައި ހުއްޓާ. އިދިކޮޅު ފަރާތްތަކުން ދަމާލި އެންމެ ދިދަފައްޗަކާ ހެދި މުޅި ބުރު ތަޅާ އެ ނަގާލަނީ. މިއީ އައްޑޫގެ ރައްޔިތުންނަށް ދެވޭ ބޮޑު ގެއްލުމެއް.” ޔަސްރިފް ވިދާޅުވިއެވެ.
ޔަސްރިފް ވިދާޅުވީ ކުރީގެ ސަރުކާރުން އައްޑޫގައި ހަދާފައިވާ މިފަދަ ހުރިހާތަނެއް ހަލާކުކޮށް ނައްތާލަމުން ދާ ދިޔުމަކީ އައްޑޫގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މި އަމަލުތައް އައްޑޫސިޓީ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ފަރާތުން ބަހެއް އަދިވަނީ ލިބޭ ގޮތެއް ނުވެފައެވެ