English Edition
Dhivehi Edition

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ކެނެޑާއަށް ފުރައިފިއެވެ.

ފުލުހުންގެ އޮފިޝަލް ވެބްސައިޓްގައި ބުނެފައިވަނީ، ކެނެޑިއަން ޕޮލިސް ކޮލެޖުގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޓްރެއިނިންގ ކޯހުގައި ބައިވެރިވުމަށް ކެނެޑާއަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙްއެވެ.

މުޙައްމަދު ސާމިހް ކެނެޑާއަށް ފުރާފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ސެޕްޓެމްބަރ 10ން 21ށް ކެނެޑާގެ އޮޓަވާގައި ކުރިއަށްދާ މި ޓްރެއިންގ ޕްރޮގްރާމުގައި، ބޮޑެތި އަދި ސީރިއަސް މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ޓެގު