English Edition
Dhivehi Edition
ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ނުދެއްވީ އެމަނިކުފާނު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސްދިން ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ނަޝީދާއި ގާސިމަށް އިންތިޚާބުގައި ވާދަ ނުކުރެއްވުނީ މި ސަރުކާރުގައި އެ ދެ ބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކާ ހެދިކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ، ނަޝީދާއި ގާސިމަށް އިންތިޚާބުން ޖާގަ ނުދެއްވުމުން ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫގެ ނަން އައީ، ބާލިދީ އާއި އުވަގަށާ މެޝިނުގައި ވޯޓު ކަރުދާސް ގުނުމަށް ފަހުގައިކަމަށާއި ފައިސަލް ރަނިން މޭޓަކަށް ހަމަޖެއްސީ، ގާސިމްގެ ނުރުހުމުގައިކަމަށެވެ

.