English Edition
Dhivehi Edition

އިއްތިހާދުން އަނިޔާއާއި ދެކޮޅަށް ނިކުމެ ކުރަމުންދާ ދަތުރަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ކުރާ މަސައްކަތެއް ނޫންކަމަށާއި، އަންނަންއޮތް ޖީލްތަކުގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ކައުންސިލް މެންބަރު އަދި އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވީ އަންނަންއޮތް ޖީލްތަކުގެ ހައްގުގައި އަދި ދިވެހި ދަރިންގެ މުސްތަޤްބަލަށްޓަކައި، އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދެއްވުމަކީ އެދޭ ކަމެއް ކަމަށެވެ.،

“ދިވެހި ރައްޔިތުންނަށް އަމާނާތްތެރި ތެދުވެރި ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 2 . ރައްޔިތުން މި އަނިޔާވެރިކަން ނިންމަން އާދޭހާއިއެކު އެދެން” ނަހުލާ ވިދާޅުވި އެވެ.

އއ. އަތޮޅަށް އައިޝާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އއ. އުކުޅަހަށްވެސް ވަނީ ވަޑައިގެންފައެވެ. އައިޝާ ވިދާޅުވީ އުކުޅަހު ރައްޔިތުންނަކީ ތަފާތު ބައެއް ކަމަށާއި، ކެރޭ ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެކަނި ބަލާލުމުންވެސް އެނގޭކަމަށެވެ. އައިޝާ ވަނީ އުކުޅަހު ރައްޔިތުންގެ ކިބައިންވެސް އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ވޯޓުދެއްވުމަށް އެދޭކަމަށެވެ. އަދި ރައްޔިތުންގެ ވޯޓް އަނިޔާވެރިކަމާއި ދެކޮޅަށް އިއްތިހާދަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ޚާއްސަކޮށް ކަންބަލުން އިއްތިހާދާއެކު މަސައްކަތްކޮށް 23 ސެޕްޓެމްބަރުގައި ނަގާ ވޯޓް ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯދުމަށް އައިޝާ ކުރައްވަމުންގެންދަވާ ދަތުރުގައި އައިޝާ އާއި ޖޭޕީގެ ޓީމުން ވަނީ އއ.ފެރިދު އާއި ހިމަންދޫގެ އިތުރަށް، ފެރިދޫއަށްވެސް ވަޑައިގެންފައެވެ.