English Edition
Dhivehi Edition

ޕީސް ފައުންޑޭޝަނާއި ރަބީއުލް ގުލޫބް ފައުންޑޭޝަން ގުޅިގެން “ދަ ލެގަސީ” އައްޑޫގައި ބާއްވަން ހަމަ ޖައްސައިފިއެވެ.

މި އިވެންޓްގައި ތަގްރީރު ކުރައްވާނީ އެމެރިކާގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝެއިޙް އަބޫ އުސާމާ އައް ޒަހަބީ އެވެ. މި އިވެންޓްގައި ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޞޫއަކީ ” ޕޮއިސަނަސް ސޯޝަލްހެބިޓްސް” އާބެހޭގޮތުންނެވެ. ޕީސްފައުންޑޭޝަނުންނާއި ރަބީއުލް ގުލޫބް އިން އެދިލައްވަނީ ވީހާވެސް ގިނަބަޔަކު މި ތަގުރީރު އަޑުއެއްސެވުމަށް ވަޑައިގެން ދެއްވުމަށެވެ.

މިދެފައުންޑޭޝަނުން މައުލޫމާތު ދެއްވާގޮތުގައި ތަގުރީރު އޮންނާނީ 8 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މަރަދޫޕާކުގައެވެ.