English Edition
Dhivehi Edition

ވައިގެ މަގުން ކުރެވޭ ދަތުރުތަކަކީ ދުނިޔެއިން ދަތުރުކުރުމަށް އެންމެ ރައްކާތެރި ވަސީލަތެވެ. ނަމަވެސް ބައެއްފަހަރު އެކިއެކި މައްސަލަތައް ދިމާވެ ޕައިލެޓްގެ ކޮންޓްރޯލުން ބޯޓު ނެއްޓޭގޮތްވެއެވެ. 4 ސެޕްޓެމްބަރ ގައި ވޭލްސްގެ ގޮނޑުޕޮށަށް ވެއްޓިފައިވަނީ ލައިޓް ޕައިޕަރ ޗެލެންޖަރ މަރުކާގެ މަތިންދާބޯޓެކެވެ. މިބޯޓު ދުއްވި ޕައިލެޓް ފިޔަވާ އެހެންމީހެއް ބޯޓުގައި އެވަގުތު ނެތެވެ. އަދި ޕައިލެޓް މި އެކްސިޑެންޓުން ސަލާމަތް ވެފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި 30000 ޕައުންޑުގެ މި ބޯޓު ދުއްވަން ހުރި ޕައިލެޓް ވަނީ މެންދުރުގެ ވަގުތެއްގައި ބޯޓުން ބޭރުކޮށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ރިޕޯޓު ތަކުން ބުނާގޮތުގައި މި ބޯޓު ވެއްޓުމަށް މެދުވެރި ސަބަބަކީ އިންޖީން ފެއިލްވެގެންނެވެ.

ޚަބަރުތައް ބުނާގޮތުގައި ބޯޓު ވެއްޓުނުތާ މާގިނަ އިރު ތަކެއްނުވެ އެމަޖެންސީ ވަސީލަތްތައް ވަނީ އެތަނަށް ގެންގޮސްފައެވެ. އަދި މި ހާދިސާ ދިމާވިއިރު ގޮނޑު ދޮށުގައި ތިބި ގިނަ ބަޔަކު ވަނީ ޕައިލެޓަށް އެހީތެރިކަން ފޯރުކޮއްދީފައެވެ.