English Edition
Dhivehi Edition
އެޑްވާންސް ޖަގަހަ އަނދާފައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް އައްޑޫސިޓީގެ މީދޫގައި އެމްޑީޕީ އިން ބޭނުން ކުރަމުން ދިޔަ”އެޑްވާންސް” ޖަހަގައިގައި ރޭބަޔަކު ރޯކޮށްލައިފިއެވެ.

ސ.މީދޫ އިން ވާހަކަ ދެއްކި މީހަކު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ ލަފާކުރެވޭގޮތުގައި ޖަގަހައިގައި ރޯކޮށްލާފައިވަނީ ރޭ ގާތްގަނޑަކަށް 2 ޖަހާކަންހާއިރު ކަމަށެވެ.

މިހާދިސާގައި ޖަގަހަ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޖަގަހައިގެ ހަތަރުފާރު އަދި ފުރާޅު ފިޔަވާ ހުރިހާ އެއްޗެއް ވަނީ އަނދާ އަޅިއަށް ވެފައެވެ.

މީދޫން ވާހަކަދެއްކި މީހަކު ބުނީ، އެޑްވާންސް ޖަގަހައިގައި ރޯކޮށްލި ހާދިސާ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު އެއްވެސް ބަޔަކު މިމައްސަލައިގައި ހައްޔަރު ކޮށްފައި ވާކަމެއް އެނގިފައިނުވާ ކަމަށެވެ.

އެޑްވާންސް ޖަހަގައަކީ މީގެ ހަތަރު ދުވަސްކުރިން މީދޫގައި ހުޅުވިގެން ދިޔަ އެމްޑީޕީގެ ދެވަނަ ޖަގަހަ އެވެ.