އައްޑޫސިޓީގައި ވާލުގެ އުދަގޫ ބޮޑުވެ ދަނޑު ގޮވާން ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތި ވަމުންދާ މައްސަލައަށް ޙައްލު ހޯދައި ދިނުމުގެ ގޮތުން ސިޓީގެ އެކި ސަރަހައްދުތަކުގައި ވާލަށް ބަޑިޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް، ލޭންޑް ބިލްޑިންގ އެންޑް މުނިސްޕަލް ސާވިސް އިން ވިދާޅުވެއްޖެއެވެ
4 ސެޕްޓެމްބަރުން ފެށިގެން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ މި ހަރަކާތް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަަމަޖެހިފައެވެ.
ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގާ މުނިސިޕަލް ސަރވިސް އިން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ،މި ކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފުން ދެއްވަވާފައިވާ ކަމަށެވެ.
ވާ ގިނަވެ ދަނޑުގޮވާންތަކަށް ގެއްލުން ވާތީ މީގެ ކުރިންވެސް އެމްއެންޑީއެފްގެ ފަރާތުން އެކި ރަށްރަށުގައި ބަޑި ޖަހައިގެން ވާތައް މެރުމަށް ހަރަކާތްތައް ކުރިއަށްގެންދެއެވެ.