English Edition
Dhivehi Edition

2017 ވަނަ އަހަރުގެ މުދަލު ޒަކާތް، އިސްލާމިކް މިނިސްޓްރީން ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2017 ވަނަ އަހަރުގެ މުދަލު ޒަކާތްބެހުން މިއަދުން ފެށިގެން މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ، ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރުފަހު ތިންގަޑި ސުންމިނަޓާ ހަމައަށް ކުރިއަށްދާނެ އެވެ.

ބޮލަކަށް 1000 ރުފިޔާގެ ރޭޓުން މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާއިރު އައްޑޫ ސިޓީ، ފުވަމުލައް ސިޓީ އަދި ގދ ތިނަދޫ ފިޔަވާ އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އެރަށެއްގައި ފަޤީރުން އުޅޭ ނިސްބަތުން ޒަކާތުގެ ފައިސާ ފޮނުވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލޭ ސިޓީއިން 2017 ވަނަ އަހަރުގެ ޒަކާތް 3302 މީހުންނަށް ބަހާއިރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގދ ތިނަދޫ ފިޔަވާ އަތޮޅުތެރޭގައި ޖުމްލަ 9992 ފަގީރުންނަށް ، މިފަހަރުގެ ޒަކާތް ބެހުމަށް ހަމަޖެހިފައވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.