ސިނަމާލެ ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓަރުގެ ނާއިބު އަބްދުﷲ ޒިޔާދު ވިދާޅުވީ ބުރިޖު އެއްކޮށް ހުޅުވާލި ނަމަވެސް ބުރިޖު ބެލެހެއްޓުމުގައި ޗައިނާއިން ގާތްގަނޑަކަށް ދެ އަހަރު ރާއްޖޭގައި ތިބޭނެކަމަށެވެ. އަދި ސަރުކާރުން ބްރިޖާ އެއްކޮށް ހަވާލުވަނީ ދެ އަހަރު ފަހުން ކަމުގައި ޒިޔާދު ވިދާޅުވިއެވެ
ބްރިޖް އަޅާފައިވާ ގޮތުގެ ފެންވަރު ދަށްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކާއި ގުޅިގެން ޒިޔާދު ވިދާޅުވީ ބްރިޖުގެ ސަލާމަތްތެރިކަމާމެދު އެއްވެސް ވަރަަކަށް ހާސްވާން ނުޖެހޭނެކަމަށެވެ. މީގެ އިތުރުން ޒިޔާދު ވިދާޅުވީ ބުރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީ ކުންފުންޏަކީ ދުނިޔޭގައި ފާހަަގަކޮށްލެވޭ ބްރިޖުތައް ހެދުމުގެ ތަޖުރިބާއާއި ފަންނު ހުރި ކުންފުންޏެއް ކަމަށެވެ
މީގެ އިތުރުން ޒިޔާދު ވިދާޅުވީ މި ބްރިޖުގެ ހަމައެކަނި ތަފާތަކީ ބްރިޖުގެ ޑެޕްތު ތަންކޮޅެއް ފުންވެގެން ދިޔުންކަމަށެވެ. އެެހެންނަވެސް ބްރިޖު ހެދިފައިވަނީ ބްރިޖްގެ ބުޑުތައްގާތްގަނޑަކަށް 60 މީޓަރު އަޑިއަށްކަމަށާއި ދަނގަޑު ޖަހާ ދަނގަޑު ކޮށްޕާ ފުދޭވަރަކަށް ޑެޕްތަކަށް ކޮންކްރިޓް ކޮލަމްސް ވަރުގަދަކޮށް ކަމަށެވެ