English Edition
Dhivehi Edition

އެމެރިކާގެ ނިއުޔޯކް ސިޓީގައި 15 އަހަރުގެ އަންހެން ކުއްޖަކު 5 ބުރީގެ އިމާރާތަކުން ވެއްޓި މަރުވެއްޖެއެވެ.

އިމޯގަން ރޮޗީ ނަމަކަށް ކިޔާ މިއަންހެން ކުއްޖާ މަރުވެފައިވަނީ އާދިއްތަ ދުވަހު ޕާޓީ އެއްގެ ތެރެއިން އޭނާގެ ފޯނު ނަގަން އޭނާގެ ކޮޓަރިއަށް ވަންނަން އުޅުމުގެ ތެރޭގައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮޓަރި ތަޅުލެވިފައި ވުމުން ފޯނު ނަގަން ވެގެން ފަޔާ އެސްކޭޕްއިން އިމޯގަން އޭނާގެ ކޮޓަރިޔަށް ވަންނަން އުޅުމުގެ ތެރޭގައި ކައްސާލައިގެން އިމާރާތުގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނީ ދުވާރު މައްޗަށެވެ. ބީކަން ހައި ސުކޫލުގައި ކިޔަވަމުން އައި މި އަންހެން ކުއްޖާ އަށް ވަނީ އަވަސް ފަރުވާދީ ބުލެވިއު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އިމޯގަން ސަލާމަތެއް ނުވިއެވެ.

ޑާންސް ކުރުމާއި، އެކްޓް ކުރުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފޮނި އުންމީދު ކުރަމުން އައި އިމޯގަން ނިޔާވުމުގެ ޙަބަރު ވަނީ އޭނާގެ އާއިލާއަށާއި، ރައްޓެހިންނަށް ބޮޑު އުދާސްކަމެއް ގެނުވާފައެވެ. އިމޯގަން ވެއްޓިފައިވާ އިމާރާތުގެ ފުރަތަމަ ފަންގިފިލައިގާ ދިރިއުޅޭ މީހަކު ބުނެފައިވަނީ އޭނާއަކީ ވަރަށް މޮޅު ކުއްޖެއް ކަމަށާއި، އޭނާ ދިރިއުޅޭގޭގެ ކުރިމައްޗައް އިމޯގަން ވެއްޓި މަރުވެފައި ވާކަން އަދިވެސް ގަބޫލުކުރަން ދަތިކަމަށެވެ.